4.3 ބިލިއަން ރުފިޔާގެ ޓީބިލް އިތުރަށް ވިއްކައިފި
މިހާރު
19 ސެޕްޓެމްބަރު 2025 | ހުކުރު | 3:34
މި އަހަރުގެ މިހާތަނަށް ޓީބިލުގެ ގޮތުގައި އިތުރަށް 4.3 ބިލިއަން ރުފިޔާ ވިއްކައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޑޮމެސްޓިކް އިންސްޓްރޫމަންޓް ނުވަތަ ޓީބިލާއި ބޮންޑުގެ ގޮތުގައި 86.2 ބިލިއަން ވިއްކާފައިވެ އެވެ. މި އަހަރު ފެށުނު އިރު އެ އަދަދު ހުރީ 82 ބިލިއަން ރުފިޔާގަ އެވެ.
މި އަހަރުގެ މިހާތަނަށް ޓީބިލްގެ ގޮތުގައި ފައިސާ ހޯދި އަދަދު އުޅެނީ 39 ބިލިއަން ރުފިޔާގަ އެވެ. އަދި އިސްލާމިކް އިންސްޓްރޫމެންޓްގެ ގޮތުގައި ވިއްކި އަދަދުން ދައުލަތަށް 4.1 ބިލިއަން ރުފިޔާ ހޯދާފައިވެ އެވެ.