އިންކަމް ޓެކުހަށް 1.5 ބިލިއަން، ވިޔަފާރިތަކުން ލިބުނު އަދަދު ދަށް

މިހާރު

19 ސެޕްޓެމްބަރު 2025 | ހުކުރު | 3:34

މި އަހަރުގެ ފުރަތަމަ ހަ މަހު އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އަދަދު 1.5 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ޓެކްސް އިދާރާ، މީރާގެ ހިސާބުތައް ދައްކާ ގޮތުން އެއީ އަންދާޒާ ކުރި އަދަދަށް ވުރެ 1.2 ޕަސެންޓު ދަށް އަދަދެކެވެ. އެއީ ގާތްގަނޑަކަށް 19 މިލިއަން ދަށް އަދަދެކެވެ. އެ ޓެކްސް އިން ލިބުނު އާމްދަނީ ދަށްވީ ވިޔަފާރިތަކުން ދައްކާ އިންކަމް ޓެކްސް ދަށްވުމުންނެވެ.

އާމްދަނީ ޓެކުހުގެ ގޮތުގައި ހިމެނެނީ، ބޭންކް އިންކަމް ޓެކުހާއި ކުންފުނިތަކާއި ފަރުދުންގެ އާމްދަނީން ނަގާ ޓެކުހާއި ނޮން ރެޒިޑެންޓް ވިލްހޯލްޑިން ޓެކުހެވެ.

މައުޟޫޢުތަށް