ފުލިދޫގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓަނީ
މިހާރު
19 ސެޕްޓެމްބަރު 2025 | ހުކުރު | 8:00
ވ. ފުލިދޫގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ފުލިދޫ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެރަށަކީ ލޯކަލް ޓޫރިޒަމްގައި ވަރަށް މުހިންމު ރަށެއް ކަމަށެވެ. އަދި އެ ރަށުން ޓީޖީއެސްޓީގެ ގޮތުގައި ބޮޑު އަދަދެއް ދައުލަތަށް ދައްކަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެރަށަކީ ގިނަ އަދަދެއްގެ ޑޮލަރު ދައުރުވަމުންދާ ރަށަކަށް ވެފައި ޓޫރިޒަމް ކުރިއަރުވަން ފަސޭހަ ކޮށްދިނުމުގެ ގޮތުން ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.