ހަތް އަހަރަށްފަހު ނިއުގެ އެނބުރިއައުން، ހަ ލަނޑުގެ ތަފާތު ބޮޑު މޮޅަކުން
މިހާރު
19 ސެޕްޓެމްބަރު 2025 | ހުކުރު | 7:04
ހަތް އަހަރަށް ފަހު ދިވެހި ޕްރިމިއާ ލީގަށް އެނބުރ އައި ނިއު ރޭޑިއަންޓްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ޓީސީގެ މައްޗަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެއްޖެ އެވެ.
ޖެނުއަރީ 2019 ގައި އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމުން، އެ ޓީމު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި އެވެ. ދެވަނަ ޑިވިޝަނުގައި ދެ ފަހަރު ވާދަކޮށް އެ ޓީމު އަލުން ޕްރިމިއާ ލީގަށް އެނބުރި އައީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ދޫކޮށްލި ޖާގަ އަށް، ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުން ބަލިވި ދެ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ޓީމަށް ވުމުންނެވެ.
ފުރަތަމަ ޑިވިޝަނަށް، ނިއު އެނބުރި އައި މެޗުގައި އެ ކްލަބްގެ ސަޕޯޓަރުން ވަނީ ބެރު ދުންމާރީގެ އަޑު ފެށިގެން ނިމެންދެން ގުގުމާލާފަ އެވެ.