ސުޕްރީމް ކޯޓުގެ މާލަންތަކަށް ކުރީގެ އުއްތަމަ ފަނޑިޔާރުންގެ ނަމުން ނަން ދީފި
މިހާރު
19 ސެޕްޓެމްބަރު 2025 | ހުކުރު | 7:53
ސްޕްރީމް ކޯޓުގެ އެކި މާލަންތަކަށް ކުރީގެ އުއްތަމަ ފަނޑިޔާރުންގެ ނަމުން ނަން ދީފި އެވެ.
ފެހި ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ސުޕްރީމް ކޯޓެއް އުފެދުނީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު އެވެ. އިއްޔެ އެ ކޯޓަށް 17 އަހަރުވުމާ ގުޅިގެން އެ ކޯޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކުރިން އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ނިސްބަތްކޮށް ހާއްސަ ނަންތަކެއް އެ ކޯޓުގެ އެކި މާލަންތަކަށް ދީފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން ބުނި ގޮތުގައި އެ ކޯޓުގެ ޝަރީއަތުގެ މާލަމަށް ދީފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ފަލީލަތުއްޝައިހް ހުސެއިން ސަލާހުއްދީންގެ ނަންފުޅާ ގުޅުވައިގެން ހުސައިން ސަލާހުއްދީން މާލަންގެ ނަމެވެ. އަދި ފަނޑިޔާރުން ހުކުމްތަކާ މެދު މަޝްވަރާ ކުރައްވާ ޑެލިބަރޭޝަން ރޫމަށް ނަން ދީފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ޖަމީލު ދީދީގެ ނަންފުޅާ ގުޅުވައިގެން މުހައްމަދު ޖަމީލް ދީދީގެ މާލަންގެ ނަމެވެ.