ތިނަދޫން އެދުނީ ޕާކާއި ޖިމަށް ވުރެ ކުރިން ބަނދަރު ތަރައްގީކޮށްދޭން

މިހާރު

20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 10:09

ވ. ތިނަދޫގައި ޕާކަކާއި ޖިމެއް އެޅުމަށް ވުރެ މިވަގުތަށް އެންމެ މުހިއްމީ ރައްޔިތުންނަށް ތަކުލީފަކަށް ވެފައި އޮތް ބަނދަރުގެ މައްސަލަ ހައްލުކުރުން ކަމަށް އެ ރަށު ކައުންސިލުގެ ރައީސް ޝިފާގް ހުސެއިން ވިދާޅުވެއްޖެ އެވެ.

ވ. އަތޮޅުގެ ހުރިހާ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ދެ ވަނަ އަށް ވަޑައިގަތީ، އާބާދީގައި 300 މީހުން ދިރިއުޅޭ އެ އަތޮޅު ތިނަދުއަށެވެ.

ރައީސާއި މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި ރައްޔިތުންނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލުމުން، ކައުންސިލްގެ ރައީސް ވިދާޅުވީ އެ ރަށުގައި ކުޅިވަރުގެ އެކި ވަސީލަތްތަކާއި، ޕާކުތައް ގާއިމްކުރަން ރައީސް ވައުދުވެވަޑައިގެންފައިވީ ނަމަވެސް ރައްޔިތުންނަށް ބަނދަރެއް މާ މުހިންމު ކަމަށެވެ.

މައުޟޫޢުތަށް