ކެޔޮދޫ ސްކޫލްގެ 4 ބުރީގެ އާ އިމާރާތް އަޅަން ސޮއިކޮށްފި
މިހާރު
20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 11:12
ވ. ކެޔޮދޫ ސްކޫލުގައި ހަތަރު ބުރީގެ އާ އިމާރާތެއް އެޅުމަށް ނިންމައި އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރީ އެމްޓީސީސީއާއެކު އެވެ.
މިނިސްޓްރީގެ ފަރާތުން ސޮއި ކުރެެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުލްލަތީފް މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައުދީ އެވެ.