މަޖިލީހުގެ ރައީސް ޕާކިސްތާނުގެ ސެނެޓްގެ ޗެއާމަނާ ބައްދަލުކުރައްވައިފި
މިހާރު
20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 9:01
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ [ސެނެޓް] ގެ ޗެއާމަން ޔޫސުފް ރަޒާ ގިލާނީއާ ބައްދަލުކުރައްވައިފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ގީލާނީއާ އެކު ބޭއްވި ބައްދަލުުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ވާހަކަދެއްކެވި ކަމަށެވެ. ތައުލީމާއި ސިއްހަތާއި ވިޔަފާރީގެ ދާއިރާއިން ޕާކިސްތާނުން ރާއްޖެއަށް ވެދޭ އެހީތެރިކަން ފާހަގަކުރެއްވި ކަމަށް ވެސް ބުންޏެވެ.
ޕާކިސްތާނުގެ ހިލޭ އެހީގައި ހަދާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިމާރާތަށް އެ ގައުމުން ދޭ އެހީތެރިކަމަށްޓަކައި އަބްދުއްރަހީމް ޕާކިސްތާނު ސަރުކާރަށް ޝުކުރުއަދާކުރެއްވި އެވެ. މަޖިލީހުގެ އިމާރާތަކީ ދެ ގައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.