މިހާތަނަށް ދެ ވަނަ ބުރުގައި 86 ކައުންސިލާ ބައްދަލުކޮށްފިން: ރައީސް

މިހާރު

20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 11:29

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މިހާރު ކުރިއަށް ގެންދާ ދެ ވަނަ ބުރުގައި 86 ކައުންސިލާ ބައްދަލުކުރައްވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނިލަންދޫގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ ވަނަ ފަހަރަށް ބައްދަލުކުރައްވާ 86 ކައުންސިލްގެ އަދަދު ހަމަވީ ނިލަންދޫގެ ކައުންސިލާ އެކު މިރޭ ބޭއްވި ބައްދަލުވުމާ އެކު ކަމަށެވެ.

"ދޮޅު އަހަރު، ދެ އަހަރު ވެގެން ދާއިރު އަޅުގަނޑުމެން މި ގެންގުޅެނީ އަމަލީ ގޮތުން ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުން. އަޅުގަނޑުމެން މި އަންނަނީ ކައުންސިލްތައް ގާތަށް، ރައްޔިތުން ގާތަށް. މާލެއަކަށް ކައުންސިލެއް ނުގެންދަން. އަމިއްލަފުޅަށް ކައުންސިލްތަކުން މާލެ ވަޑައިގެންފާނެ. އެއީ އެ ބޭފުޅުންގެ އިހުތިޔާރުގައި އޮތް ކަމެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް