އުމުރުން އެންމެ ހަގު ކެޕްޓަން އީތަން ލަނޑުޖަހައި ވެލެންސިއާ މޮޅުކޮށް ދީފި

މިހާރު

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 12:52

ދިވެހި ޕްރިމިއާ ލީގުގެ އެންމެ ހަގު ކެޕްޓަން، އުމުރުން 16 އަހަރުގެ އީތަން އިބްރާހިމް ޒަކީގެ ލަނޑަކާއި އެސިސްޓަކާ އެކު ކްލަބް ވެލެންސިއާ 2-1 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.

ވެލެންސިއާ ވަނީ މިރޭގެ މެޗުގެ 13 ވަނަ މިނިޓުގައި އީތަންގެ ގޯލަކުން ލީޑު ނަގައިފަ އެވެ. އޭނާ މި ލަނޑު ޖެހީ އުމުރުން އެންމެ 16 އަހަރާއި 11 މަހާއި 12 ދުވަހުގެ އަހުމަދު ކާއިން ގަޔާޝް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ފުރަތަމަ ފަހަރަށް މިރޭ ވެލެންސިއާގެ ކެޕްޓަން ބޭންޑް އަޅައިގެން އީތަން މި ލަނޑު ޖަހައިދިން އިރު އޭނާގެ އުމުރަކީ 16 އަހަރާއި 10 މަހާއި 14 ދުވަހެވެ.

މައުޟޫޢުތަށް