އިންޑިއާ ބަލިކޮށް ރާއްޖޭން ތިންވަނަ ހޯދައި ސެމީ ފައިނަލަށް
މިހާރު
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 7:24
ރާއްޖޭގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ ލީގުބުރުގެ ފަހު މެޗުގެ އިންޑިއާ ބަލިކޮށް ދިވެހި ޓީމުން ތިންވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
އިންޑިއާ އާއި ރާއްޖޭގެ އިތުރުން މުބާރާތުގައި ދެން ވާދަކުރީ ސްރީ ލަންކާ އާއި ބަންގްލަދޭޝް އަދި ދެކުނު އެފްރިކާ އެވެ.
ރޭ އިންޑިއާއާ ދެކޮޅަށް ރާއްޖޭޏް ކުޅުނު މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ރާއްޖޭން މެޗު ކާމިޔާބު ކުރީ 22-20 އަދި 22-19 އިންނެވެ.