ގަވާއިދާ ހިލާފު ވިޔަފާރި ހުއްޓުވަން މިއަދު ބޮޑު އޮޕަރޭޝަނެއް ފަށައި، ވަގުތުން ޑީޕޯޓް ކުރަނީ!
މިހާރު
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 9:43
ކުރަނގި އޮޕަރޭޝަނުން އެނގިފައި ވަނީ ރާއްޖޭގައި 178،000 އަށް ވުރެ ގިނަ ބިދޭސީން އުޅޭ ކަން ކަމަށް ރައީސް ވިދާޅުވި.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް އިތުރުވެފައި ވާތީ އެ ވިޔަފާރިތައް ހުއްޓުވަން މިއަދު ބޮޑު އޮޕަރޭޝަނެއް ފަށައި ވަގުތުން އެ ތަންތަން ބަންދުކޮށް، ބިދޭސީން ޑީޕޯޓު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ފ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނިލަންދޫގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވަނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހާލަތު އޮތް ގޮތް އޮޅުންފިލުއްވައި ދެއްވައިފަ އެވެ.