އޭޝިއާގެ ވޮލީބޯޅައިގެ މެޑިކަލް ކޮމިޓީއަށް ޝަކީބް އައްޔަންކޮށްފި

މިހާރު

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 9:38

އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ މެޑިކަލް ކޮމިޓީ އަށް ރާއްޖޭގެ ތަޖުރިބާކާރު ސްޕޯޓްސް ޑޮކްޓަރު އަހުމަދު ޝަކީބް (ޑޮކް) އައްޔަންކޮށްފި އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނީ، އޭޝިއާގެ ވޮލީބޯޅައިގެ އެންމެ ބޮޑު ޖަމިއްޔާގެ އެ ކޮމިޝަނަށް ޝަކީބް އައްޔަންކުރީ މި މަހު 6 ވަނަ ދުވަހު ތައިލެންޑުގައި އޮތް އޭވީސީ ބޯޑް އޮފް އެޑްމިނިސްޓްރޭޝަނުގެ ބައްދަލުވުމުގައި ކަމަށެވެ.

ޝަކީބް ބުނީ މި ކޮމިޓީގައި އޭނާ ހިމެނުމަކީ ލިބުނު ޝަރަފެއް ކަމަށާއި، ވީއޭއެމް އިން އޭނާ އަށް ކުރި އިތުބާރާއި، ދިން ސަޕޯޓާއި، ހިތްވަރު ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ.

މައުޟޫޢުތަށް