މާރާމާރީގައި އަނިޔާވެގެން ފަރުވާ ދެނިކޮށް، މެޑިކަލް ސްޓާފުންނަށް މަރުގެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފި

މިހާރު

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 10:47

މާލޭގައި މިދިޔަ ހަފުތާގައި ހިނގި މާރާމާރީއެއްގައި އަނިޔާ ލިބުނު މީހަކު، އޭނާއަށް ފަރުވާ ދިން އައިޖީއެމްއެޗުގެ މެޑިކަލް ސްޓާފުންނަށް މަރުގެ އިންޒާރުދިން މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިނގި މާރާމާރީގައި އަނިޔާ ލިބުނު ގދ. ވާދޫ، ފުރުސަތު، ލޫތު އިބްރާހިމަށް ހަމަ އެ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުން ދިޔަ ކަމަށެވެ.

ނަމަވެސް، ލޫތަށް ފަރުވާ ދެމުން ދިޔަ މެޑިކަލް ސްޓާފުންނަށް މަރުގެ އިންޒާރު ދީ، ބިރުދެއްކުމުގެ އިތުރުން ޖީބުން ވަޅިއެއް ފެނުނު މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް