ޔަހޫދީ ދައުލަތް އުފެއްދި އިނގިރޭސި ވިލާތުން ފަލަސްތީނުގެ ދައުލަތް ބަލައިގެންފި
މިހާރު
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 7:23
ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ވަކި ދައުލަތެއް އުފެއްދުމަށް ފަހިކޮށްދީ އެހީތެރިވި އިނގިރޭސި ވިލާތުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި މިއަދު ރަސްމީކޮށް ބަލައިގަނެ އެކަން އިއުލާނުކޮށްފި އެވެ.
"ފަލަސްތީނާއި އިޒްރޭލު ރައްޔިތުން ސުލްހަޔަށް ކުރާ އުންމީދު ދިރުވުމަށާއި ދެ ދައުލަތުގެ ހައްލު ހޯދައިދޭން ކުރާ މަސައްކަތުގައި މިއަދު އިނގިރޭސި ވިލާތުން ފަލަސްތީނުގެ ދައުލަތް ބަލައިގެންފިން،" އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވި އެވެ.
މިކަން އިއުލާނުކުރައްވާފައި މި ވަނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓުމަކަށް ނުގެންނަ ނަމަ ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް މިދިޔަ ޖުލައި މަހު އިއުލާނުކުރެއްވުމަށް ފަހު އެވެ.