ދަރަނބޫދު އަށް އިތުރު މަޝްރޫއުތަކެއް، ރައީސް ވިދާޅުވީ ދެން ވަޑައިގަންނަވާނީ އިފުތިތާހު ކުރަން ކަމަށް
މިހާރު
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 11:58
ފ. ދަރަނބޫދޫގެ ތަރައްގީއަށްޓަކައި މި ސަރުކާރުން އިތުރު މަޝްރޫއުތަކެއް އިއުލާންކޮށް، ކުރީގެ މަޝްރޫއުތައް ވެސް ނިންމައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
ފ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ރައީސް މިއަދު ހެނދުނު ދަރަނބޫދު އަށް ވަޑައިގެން ވިދާޅުވީ، މި ސަރުކާރުން އެ ރަށަށް ވެފައިވާ ވައުދުތައް ފުއްދުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.
ދަރަނބޫދު އަށް މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން ބައެއް ކަންކަން މިއަދު ފަށާނެ ކަން ވެސް އެ މަނިކުފާނު އިއުލާން ކުރެއްވި އެވެ.