ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު، މަގޫދޫ އެއާޕޯޓު ސެޕްޓެމްބަރަށް ނިންމައިދޭނެ ކަމުގެ ޔަގީންކަން

މިހާރު

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 3:34

ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމައި ދޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް މިއަދު ދެއްވައިފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން އުޅެނިކޮށް އޮގަސްޓް 10، 2023 ގައި މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ކުރީކޮޅު އެ މަޝްރޫއު މަސައްކަތްތައް މަޑުޖައްސައިލި އެވެ. އެހެންވެ، މަގޫދޫގެ ރައްޔިތުން އޭރު ވެސް އިހުތިޖާޖުކުރި އެވެ.

ރައީސް މުއިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފަހު، ރަށެއްގެ ގޮތުގައި މަގޫދު އަށް މިއަދު ވަޑައިގެން އެ ރަށުގެ މީހުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް ހާއްސަ ބައްދަލުވުމެއް ބޭއްވެވި އެވެ.

މައުޟޫޢުތަށް