ގާނޫނީ ކޯހުން އެއްވަނަ ހޯދައިގެން "މިހާރު" ގެ މުއިއްޒަށް ގާސިމް އިބްރާހިމް އެވޯޑު

މިހާރު

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 2:31

ވިލާ ކޮލެޖުން ހިންގާ ކޯސްތަކުން މަތީ ދަރަޖަ ހޯދުމުން އެ ކޮލެޖުގެ ޗެއާމަން ގާސިމް އިބްރާހިމް ދެއްވާ ހާއްސަ އެވޯޑު "މިހާރު" ގެ މެނޭޖިން އެޑިޓަރު މުއިއްޒު އިބްރާހީމަށް ރޭ ލިބިއްޖެ އެވެ.

ނޫސްވެރިކަމުގައި، 15 އަހަރުވީ މުއިއްޒު އެއް ވަނަ ހޯދީ ވިލާ ކޮލެޖުން ހިންގި ޝަރީއާ އެންޑް ލޯގެ ޑިގްރީ ކޯހުންނެވެ.

އެ ކޮލެޖުން މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި، ތިން އަހަރުގެ ކޯހުން އެއް ވަނަ ހޯދައިގެން މުއިއްޒަށް "ގާސިމް އިބްރާހިމް އެވޯޑު ފޯ އެކްސެލެންސް" ހަވާލުކޮށްދެއްވީ އެ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ.

މައުޟޫޢުތަށް