އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތްކުރަން އަދާލަތު ޕާޓީ ތައްޔާރު: އިމްރާން

މިހާރު

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 2:57

ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެހެން ޕާޓީތަކާ ގުޅިގެން އަދާލަތު ޕާޓީއަށް މަސައްކަތް ކުރެވޭނެ ކަމަށް އެ ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޕީއެންއެފާއި އެމްޑީޕީ އަދި އެހެން ސިޔާސީ ޕާޓީތަކާ އެކު މަސައްކަތް ކުރެވޭނެ ކަމަށެވެ.

އިމްރާން ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވަން އެއް ޕްލެޓްފޯމަކަށް އައުމުގެ މާނައަކީ ހުރިހާ ޕާޓީއެއްގެ ފަލްސަފާ އާއި ގަބޫލުކުރާ ހަމަތައް އެކައްޗަކަށް ވުން ނޫން ކަމަށެވެ. އަދި ކޮންމެ ސަރުކާރެއް އޮތަސް ޓްރެކުން ކައްސާލާ ނަމަ އިދިކޮޅުގައި ތިބޭ ޕާޓީތަކުން އެ ވާހަކަތައް ދައްކަންޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.

މައުޟޫޢުތަށް