އައިކެއާއިން އޮޕްޓިކަލްސްއިން ދެ މީހަކަށް މެލޭޝިއާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް

މިހާރު

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 3:14

އައިކެއާ އޮޕްޓިކަލްސްއިން ދެ މީހަކަށް ތިން ދުވަހުގެ މެލޭޝިއާ ދަތުރެއް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއަދު އައިކެއާގައި ފެށި މި ޕްރޮމޯޝަނުގައި މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އައިކެއާއިން ހައްދާ ކޮންމެ ނަންބަރު އައިނަކަށް 1،000ރ. ގެ ޑިސްކައުންޓް ވައުޗަރެއް ލިބޭނެ އެވެ. އަދި އައިނު ގަންނަން އެ ވައުޗަރު ބޭނުންކުރުމުން، މެލޭޝިއާ ދަތުރުގެ ލަކީޑްރޯގައި އޮޓޮމެޓިކުން ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަނުގެ ދަށުން އައިނު ހައްދާ ފަރާތްތަކަށް ބޯނަހެއްގެ ގޮތުގައި 500ރ. ގިފްޓް ވައުޗަރެއް ވެސް ލިބޭނެ އެވެ. ދެ ހަފުތާގެ މުއްދަތެއްގައި ބޭނުން ކުރެވޭ އެ ވައުޗަރަކީ ބޭނުންނަމަ އެހެން މީހަކަށް ހަދިޔާ ކުރުމުން އެ މީހަކަށް ވެސް ބޭނުން ކުރެވޭނެ ވައުޗަރެކެވެ.

މައުޟޫޢުތަށް