"ޕެންޑެމިކް އިމަޖެންސީ" އިއުލާނުކުރެވޭ އިސްލާހަށް ޑަބްލިއުއެޗްއޯއިން އަމަލުކުރަން ފަށައިފި

މިހާރު

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 4:18

ބައިނަލްއަގުވާމީ ގޮތުން އިއުލާނުކުރާ އެންމެ މަތީ ހެލްތު އެމަޖެންސީގެ ގޮތުގައި "ޕެންޑެމިކް އެމަޖެސީން" ކަނޑައެޅުން ހިމެނޭ ގޮތުން، އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަން (އައިއެޗްއާރް) އަށް ގެނައި އިސްލާހުތަކަށް އަމަލުކުރަން ފަށައިފި އެވެ.

ބައިނަލްއަގުވާމީ ސިއްހަތު ގަވައިދު "އައިއެޗްއާރް" ގައި ކުރިން އޮންނަ ގޮތުން، ގައިންގަޔަށް އަރާ ބައްޔެއް، މުޅި ދުނިޔެއަށް ފެތުރިދާނެ ކަމުގެ ބިރު ހީވާ ހާލަތްތަކުގައި އިއުލާނުކުރަނީ "އިންޓަނޭޝަނަލް ހެލްތު އިމާޖެންސީ" އެވެ. ނަމަވެސް އިމާޖެންސީގެ ބާރު ގަދަކޮށް، އެ ހާލަތު އިއުލާނުކުރުމުން އެޅޭ ފިޔަވަޅުތައް ވެސް ހަރުކަށިކުރެވޭ ގޮތަށް، ގަވައިދު އިސްލާހުކުރީ މިދިޔަ އަހަރު އެވެ.

އެއް އަހަރު ފަހުން އަމަލުކުރަން ފަށަންޖެހޭ އެ އިސްލާހަށް އަމަލުކުރަން ފެށީ މިދިޔަ ބުރާސްފަތިދުވަހު އެވެ.

މައުޟޫޢުތަށް