ހެލްތު ސެންޓަރުތަކެއް އަޅަން 88 މިލިއަން ރުފިޔާއަށް ވެމްކޯ އަދި އެމްޓީސީސީއަށް

މިހާރު

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 4:02

ފަސް ރަށެއްގައި ސިއްހީ މަރުކަޒާއި ހެލްތު ސެންޓަރުގެ އާ އިމާރާތް އެޅުމަށް ވެމްކޯ އަދި އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ތ. ގުރައިދޫ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތާއި އެ އަތޮޅު މަޑިފުށި ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތް އަދި ގާދިއްފުށީ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރަން ބޭނުންވާ އިމާރާތް އަޅަން ހަވާލުކުރީ، ކުނި މެނޭޖުކުރުމަށް ހާއްސަ ކުންފުނި، ވެމްކޯއަށެވެ.

އެ އެއްބަސްވުންތަކުގައި ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އަދި ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑު މާކެޓިންގެ ޖެނެރަލް މެނޭޖަރު، އިސްމާއިލް އުބެއިދު ވަނީ ސޮއިކުރައްވައިފަ އެވެ.

މައުޟޫޢުތަށް