ޓޫރިޒަމްގެ ހުއްދަތައް ނުލިބި މ. އަތޮޅުގެ ޓޫރިޒަމް ޕްރޮޖެކްޓެއް ލަސްވާތީ ޝަކުވާ!
މިހާރު
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 8:27
މ. އަތޮޅުން ހަ ރަށެއް ރިސޯޓުތަކަށް ދޫކޮށްފައިވީ ނަމަވެސް އެ އަތޮޅަށް އެއްވެސް ފައިދާއެއް ނުވާ ކަމަށް ވޭވަށު ކައުންސިލްގެ ރައީސް ވިދާޅުވި.
މ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގައި އެ އަތޮޅުގެ ކައުންސިލްތަކުން ކުރީގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ހިންގަން އުޅުނު ޓޫރިޒަމް މަޝްރޫއުއެއް ޓޫރިޒަމް މިނިސްޓްރީގެ ހުއްދަތައް ނުލިބި، ލަސްވަމުންދާތީ، އެ މައްސަލަ ހައްލު ކޮށްދެއްވުމަށް އެ ވޭވަށު ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން މިއަދު އެދިއްޖެ އެވެ.
އެ ކައުންސިލުން އެ ކަމަށް އެދުނީ ރައީސް މިއަދު މ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ ވޭވަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.