އޮސްޓްރޭލިއާ އާއި ކެނެޑާއިން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގެންފި
މިހާރު
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 7:32
ޔަހޫދީންގެ އަމިއްލަ ދައުލަތެއްގެ ގޮތުގައި އިޒްރޭލު އުފެއްދުމަށް އެންމެ ބޮޑަށް އެހީވި އިނގިރޭސި ވިލާތުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ އެކަން މިއަދު އިއުލާނުކޮށްފައި ވާއިރު އޮސްޓްރޭލިއާ އާއި ކެނެޑާ އިން ވެސް ފަލަސްތީނު ބަލައިގެންފިކަން މިއަދު އިއުލާނުކޮށްފި އެވެ.
ގުޅިފައިވާ ބަޔާނަކުން އެ ގައުމުތަކުން މިކަން އިއުލާނުކޮށްފައި މި ވަނީ އިޒްރޭލާއި ފަލަސްތީނަކީ ވެސް މިނިވަން ދެ ދައުލަތުގެ ގޮތުގައި ސުލްހަވެރިކަމާ އެކު އުޅެވޭނެ އެއްބަސްވުމަކަށް ދިއުމަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ.
"ކެނެޑާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަނެ ފަލަސްތީނާއި އިޒްރޭލަށް ސުލްހަވެރި ކުރިމަގެއް ހޯދައިދިނުމުގެ ވައުދު ފުއްދުމުގައި ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހުށަހަޅަން،" ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.