އަންނަ އަހަރުގެ ބަޖެޓްގައި "މޯލްޑިވްްސް 2.0" އަށް އިސްކަން ދޭނަން: ރައީސް

މިހާރު

22 ސެޕްޓެމްބަރު 2025 | ހޯމަ | 12:35

މުޅި ރާއްޖެ ޑިޖިޓަލައިޒްކުރަން ސަރުކާރުން ހިންގާ "މޯލްޑިވްސް 2.0" މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓްގައި އިސްކަން ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ،

މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށްޓަކައި ކޮންމެ ރަށެއް ތަރައްގީވާން ޖެހޭނެ ކަމަށެވެ. ތަރައްގީ ވާން ޖެހޭނީ ހުރިހާ ދާއިރާއަކުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެކަން ހާސިލުވުމާ އެކީގައި މިހާރު މި އޮތް، ބަވަނަވެފައި އޮތް ދުނިޔޭގެ ތަރައްގީގެ ހަގީގަތްތަކާ ގުޅިލާމެހިގެން އެންމެ ކުރީގައި ސަފުގައި ތިބެގެން [ކުރިއަށް] ދާން ޖެހޭނީ. އެހެންވީމާ މޯލްޑިވްސް 2.0 ގެ ނަމުގައި ފަށައިގެން ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމެއް ވެސް މުޅި ރާއްޖޭގައި މި ގެންދަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް