އެއް ޕޮއިންޓުން ނުފުދޭ، އާޓެޓާ ބޭނުންވީ ސިޓީ ބަލިކުރަން

މިހާރު

22 ސެޕްޓެމްބަރު 2025 | ހޯމަ | 6:35

ފަހު ވަގުތު ގެބްރިއެލް މާޓިނެއްލީ ކާމިޔާބުކޮށްދިން ގޯލާ އެކު މެންޗެސްޓާ ސިޓީއާ 1-1 އިން އެއްވަރު ކުރި މެޗުގައި އާސެނަލަށް މޮޅު ނުވެވުމުން ދެރަވާ ކަމަށް އެ ޓީމުގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.

ކައުންޓާ އެޓޭކެއްގައި އާލިން ހާލަންޑް މެޗުގެ ނުވަ ވަނަ މިނިޓުގައި ކާމިޔާބު ކުރި ގޯލުން ސިޓީ މޮޅުވާން ދަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މާޓިނެއްލީ އާސެނަލަށް އެއްވަރު ކޮށްދިން ގޯލު ޖެހީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތިން ވަނަ މިނިޓުގަ އެވެ.

މި މެޗުގެ ކުރިން މި ސީޒަނުގައި މިހާތަނަށް އާސެނަލް ކޮޅަށް އޯޕަން ޕްލޭގައި ގޯލެއް ވަދެފައެއް ނުވެ އެވެ.

މައުޟޫޢުތަށް