ފައިނަލަށް ނުދެވި ރާއްޖޭގެ އިންތިޒާރު ތިންވަނަ ހޮވާ މެޗަށް
މިހާރު
22 ސެޕްޓެމްބަރު 2025 | ހޯމަ | 8:48
ރާއްޖޭގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ބަލިކޮށް ލަންކާއިން ފައިނަލުން ޖާގަ ހޯދައިފި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭން ލަންކާގެ މައްޗަށް 2-1 ސެޓުން ކުރި ހޯދި އެވެ. އެކަމަކު ސެމީ ފައިނަލުގައި އިއްޔެ ހަވީރު ލަންކާއިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ، ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓް 14-12 އިންނެވެ. ދެވަނަ ސެޓް 24-12 އިންނެވެ.
ރާއްޖެ އަށް ދެން އޮތީ މިއަދު ކުޅޭ ތިންވަނަ ހޮވާ މެޗެވެ. އެ މެޗުގައި ރާއްޖޭން ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.