މިހާރު އޮތް ޝަރުއީ ނިޒާމުގެ ތެރެއިން މަރުގެ އަދަބު ދޭން ތާއީދެއް ނުކުރަން: ޔާމީން
މިހާރު
22 ސެޕްޓެމްބަރު 2025 | ހޯމަ | 11:07
ރާއްޖޭގައި މިހާރު އޮތް ޝަރުއީ ނިޒާމުގެ ތެރެއިން މަރުގެ އަދަބު ދިނުމަށް ތާއީދު ނުކުރައްވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަކީ ޔާމީންގެ ވެރިކަމުގައި 2013 ގެ ރިޔާސީ ވައުދެކެވެ. އެ މަނިކުފާނުގެ ވެރިކަމުގައި 2017 ގައި މަރުގެ އަދަބު ތަންފީޒުކުރަން ފަށާނެކަން އޭރު އިއުލާނު ވެސް ކުރެއްވި އެވެ.
މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ގަވައިދާއި އެކަން ކުރާނެ ތަން ހެދުމުގެ މަސައްކަތް ވެސް ހޯމް މިނިސްޓްރީން ކުރި އެވެ.