ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން ސޮއިކޮށްފި
މިހާރު
22 ސެޕްޓެމްބަރު 2025 | ހޯމަ | 11:53
މ. މުލަކުގައި ހުންނަ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން އިމާރާތެއް އިތުރުކުރުމަށާއި އެ އަތޮޅު ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ.
އެ ދެ ޕްރޮޖެކްޓުގެ މަސައްކަތް ފެއްޓެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގަ އެވެ.
މުލަކު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ މިއަދު ހެނދުނު އެޅީ އެތަނާ ޖެހިގެން އޮތް ހުސްބިމުގަ އެވެ. އާރުސީސީއާ ހަވާލުކުރި ޕްރޮޖެކްޓުގެ ބިންގާ އަޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.