ރައީސް މުއިއްޒު ހައްލު ކުރައްވަނީ އެހެން އެއްވެސް ވެރިއަކަށް އަތްލާން ނުކެރުނު މައްސަލަތައް: ނާޒިމް

މިހާރު

22 ސެޕްޓެމްބަރު 2025 | ހޯމަ | 12:06

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅަކީ މީގެ ކުރިން އެހެން އެއްވެސް ވެރިއަކު އަތްނުލައްވައި އަދި ހައްލު ކުރަން ކެރިވަޑައިނުގެންނެވި މައްސަލަތައް ހައްލު ކުރެއްވުން ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމްގެ ދާއިރާ ދިއްގަރު ހިމެނޭ މ. އަތޮޅަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ދިއްގަރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބެއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ މި ސަރުކާރާ ވެރިކަން ހަވާލުވިއިރު އިގްތިސާދީ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ.

ނަމަވެސް މިދިޔަ 18 މަސްދުވަސް ތެރޭގައި ކުރެއްވި ބުރަ މަސައްކަތުން، ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފަށައި، އާ މަޝްރޫއުތައް ވެސް ފައްޓަވަމުން ގެންދަވާކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.

މައުޟޫޢުތަށް