މަސް ގަންނަ އަގު 20 ރުފިޔާ އަށް ބޮޑުކުރަން މިފްކޯއާ އެކު މަޝްވަރާ ކުރިއަށް އެބަދޭ: ރައީސް

މިހާރު

22 ސެޕްޓެމްބަރު 2025 | ހޯމަ | 12:16

"މަސްވެރިންނަށް ވި [މަހުގެ އަގު 20ރ. އަށް ބޮޑުކުރުމުގެ] ވައުދަކީ މެދުކެނޑުމެއް ނެތި ކުރިއަށް ގެންދަން ބޭނުންވާ ކަމެއް. އެކަން ވެސް އަޅުގަނޑުމެން ހާސިލްކުރާނަން."

މަސް ގަންނަ އަގު މި ސަރުކާރުން 20 ރުފިޔާ އަށް ބަދަލުކޮށްދެއްވާނެ ކަމަށާއި ދެމެހެއްޓެނިވި ގޮތަކަށް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަޝްވަރާ ބައްދަލުވުންތައް ކުރިއަށް އެބަދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދިއްގަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ ރަށަކީ މަސްވެރިކަން ކުރިއަރާފައިވާ ރަށަކަށް ވާތީ މަސްވެރިން ކަންބޮޑުވުންތައް ހުންނާނެކަން ގަބޫލު ކުރައްވާ ކަމަށެވެ.

މައުޟޫޢުތަށް