ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ 24 ބިދޭސީއަކު އަތުލައިގަނެ ޑީޕޯޓުކުރަނީ
މިހާރު
22 ސެޕްޓެމްބަރު 2025 | ހޯމަ | 2:38
ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން އަތުލައިގަތުމަށް އިއްޔެ ފެށި ބޮޑު އޮޕަރޭޝަނުުގައި މިހާތަނަށް 24 މީހުން އަތުލައިގަނެފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
ރައީސް ޑރ. ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް މި ހަފުތާގައި ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ނިލަންދޫގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ވަނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހާލަތު އޮތް ގޮތް އޮޅުންފިލުއްވައި ދެއްވައިފަ އެވެ. ރައީސް ވިދާޅުވި ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެއާއެކު، ބިދޭސީން ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރި ވެސް އިތުރުވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެހެންވެ، އެ ވިޔަފާރިތަކުގައި އުޅޭ މީހުން ހޯދައި ވަގުތުން ޑީޕޯޓުކުރަން އިއްޔެއިން ފެށިގެން އޮޕަރޭޝަން ފަށާނެ ކަމަށް ވިދާޅުވި އެވެ.