ރާއްޖޭގައި ޗައިނާގެ ޔުއާން އިން އެކައުންޓު ހުުޅުވޭ ގޮތް ބީއެމްއެލުން ހަމަޖައްސައިދީފި
މިހާރު
22 ސެޕްޓެމްބަރު 2025 | ހޯމަ | 2:34
ޗައިނާގެ ފައިސާ، ޔުއާން އިން ޓީޓީ ފޮނުވުމާއި އިންވާޑް ރެމިޓެންސްގެ ގޮތުގައި ފައިސާ ލިބިގަތުމުގެ ފުރުސަތު ވެސް މިހާރު ލިބޭނެ. އަދި ޔުއާން ބޭނުންކޮށްގެން އެލްސީ ވެސް ހުޅުވޭނެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޗައިނީޒް ޔުއާން އެކައުންޓު ހުޅުވޭ ގޮތް ފުރަތަމަ ފަހަރަށް ހަމަޖައްސައި، އެ ގައުމުގެ ފައިސާ އިން ވިޔަފާރި ކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް އެ ބޭންކުން މިއަދު އިއުލާންކޮށްފި އެވެ.
ޔުއާން އެކައުންޓް ހުޅުވައި، ބެލެހެއްޓުމުގެ ހިދުމަތް ފަށަން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ އެ ބޭންކުގެ ކޮންމެ ކަސްޓަމަރަކަށް ވެސް މިހާރު އެ މީހުންގެ ބީއެމްއެލް ވިސާ ނުވަތަ މާސްޓަކާޑު، ޗައިނާގެ ވީޗެޓް ޕޭއާ ލިންކު ކުރެވޭނެ ކަަމަށެވެ. އެއީ ވިސާ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ވެސް ހިމެނޭ ގޮތުންނެވެ.