ޖެހިޖެހިގެން ދެ ދުވަހު ގެއަކަށް ވަދެ ރިހާކުރު ޓައްޕު ވަގަށް ނެގި މީހަކު ޖަލަށް ލައިފި

މިހާރު

22 ސެޕްޓެމްބަރު 2025 | ހޯމަ | 3:42

ޅ. ނައިފަރުގެ ގެއަކަށް ޖެހިޖެހިގެން ދެ ރޭ ވަދެ، ރިހާކުރު ޓައްޕެއް ވަގަށް ނަގަން އުޅުނު މައްސަލައެއްގައި ގދ. ވާދޫގެ މީހަކު ޖަލަށްލާން ވާދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ހުކުމްގައި ބުނީ މިދިޔަ އޭޕްރީލް މަހުގެ 21 އާއި 22 ވަނަ ދުވަހުގެ 2:45 ހާއިރު އެ މީހާ ނައިފަރުގެ ގެއަކަށް ވަގަށް ވަދެ، އެ ގޭގެ ބަދިގެ ތެރޭގައި ހުރި ރިހާކުރު ޓައްޕެއް ވަގަށް ގެންގޮސްފައި ކަމަށެވެ.

އެހެންވެ އެ ދެ ރޭ ވައްކަން ކުރަން ވަނުމުން، އެ ކުށުގެ ދެ ދައުވާ އާއި އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދެ ދައުވާ އޭނާގެ މައްޗަށް ދައުލަތުން ކުރި އެވެ.

މައުޟޫޢުތަށް