ރަށުން ބަދަލުވުމާ މެދު ރަތްމަންދޫ ބޮޑު ދެބަސްވުމެއްގައި

މިހާރު

22 ސެޕްޓެމްބަރު 2025 | ހޯމަ | 5:58

ރަށުގައި ތަރައްގީގެ މަޝްރޫއުތައް އަލުން ފަށައިގެން ކުރިއަށް ދާން ކައުންސިލުން އެދުނު ނަމަވެސް ބައެއް މީހުން އެ ކަމާ ދެކޮޅު.

ރައީސް ޑރ. މުހައްމަދު މުއިއްޒު މ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި މ. ރަތްމަންދު އަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ވެސް އެންމެ ކުރީގައި އޮތީ އެ ރަށުގެ މީހުން ބިން ބޮޑު އެހެން ރަށަކަށް ބަދަލުކުރުމުގެ ވާހަކައެވެ. އާބާދީގައި 300 އެއްހާ މީހުން ދިރިއުޅޭ ރަށުގެ މީހުން ތަނަވަސް ރަށަކަށް ބަދަލުވުމާ މެދު ވަރަށް ބޮޑަށް ހިޔާލުތައް ދެކަފިވެ، މިއަދު ވެސް ފެނުނީ އެ މަންޒަރެވެ.

ރަތްމަންދޫން ބަދަލުވާން ބޭނުން ނުވާ ބަޔަކާއި ބަދަލުވާން ބޭނުން މީހުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެ، ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ވެސް ހިނގި އެވެ.

މައުޟޫޢުތަށް