ރާއްޖެ އަށް ކޮލިފައިން ނިމިއްޖެ، ދިވެހި ފުޓްސަލް ކުޅުންތެރިންގެ ހިތްވަރަށް ތައުރީފު
މިހާރު
22 ސެޕްޓެމްބަރު 2025 | ހޯމަ | 5:21
އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖޭގެ މެޗުތައް ނިންމާލައިފި އެވެ.
ކޮލިފައިންގައި ރާއްޖެ ކުޅުނު ދެ މެޗުން ވެސް ބަލިވެފައި ވާއިރު، ފުރަތަމަ މެޗުގައި އަފްޣާނިސްތާނު އަތުން ބަލިވީ 10-1 އިންނެވެ. އަދި މިއަދު ހޯސްޓް މިޔަންމާއާ ދެކޮޅަށް ކުޅެ ބަލިވީ 7-3 އިންނެވެ.
ދެ މެޗުން ބަލިވި ނަމަވެސް ރާއްޖޭގެ ކުޅުންތެރިން ވަނީ ތައުރީފް ހައްގު ކުޅުމެއް ދައްކައިފަ އެވެ. ނިސްބަތުން ފުޓްސަލް ކުޅޭ މިނީ ޓާފް ދަނޑު ގިނަ ދިވެހިރާއްޖޭގެ ފުޓްސަލް ޓީމު މިއަހަރުގެ ކޮލިފައިން އަށް ދިޔައީ އިންޑޯގައި ފަރިތަކޮށްލުމުގެ ފުރުސަތެއް ނުލިބި އެވެ. ރާއްޖޭގައި އިންޑޯ ފުޓްސަލް ދަނޑެއް ނެތުމަކީ ގައުމީ ޓީމަށް ކޮންމެ ފަހަރަކު ވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ.