ނާލާފުށިން 15 ހެކްޓަރުގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

މިހާރު

22 ސެޕްޓެމްބަރު 2025 | ހޯމަ | 7:10

މ. ނާލާފުއްޓަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި އެ ރަށުން 15 ހެކްޓަރުގެ ބިން ހިއްކަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނާލާފުއްޓަށް މިއަދު ހަވީރު ވަޑައިގެން ވަނީ އެ ރަށުގެ ބަނދަރު ބޮޑުކުރުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ނާލާފުށިން ބިން ހިއްކުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި އެ އެއްބަސްވުމުގެ ދަށުން އެ ރަށުގެ ބިމުގެ ސައިޒަށް ވުރެ ބޮޑުކޮށް ބިން ހިއްކާނެ ކަމަށެވެ.

މައުޟޫޢުތަށް