އިސްލާމީ މަރުކަޒުގެ ޑިޒައިނަރު 40 އަހަރު ފަހުން އެ މިސްކިތަށް
މިހާރު
22 ސެޕްޓެމްބަރު 2025 | ހޯމަ | 9:40
މީގެ 40 އަހަރު ކުރިން ރާއްޖޭގައި ބިނާ ކުރި އިސްލާމީ މަރުކަޒުގެ ކުރެހުންތައް ކުރެއްސެވި މެލޭޝިއާގެ އާކިޓެކްޓު ހާޖީދާރު ބިން އަބްދުލް މާޖިދު ރާއްޖެ ވަޑައިގެންފި އެވެ.
އިސްލާމީ މަރުކަޒަކީ މެލޭޝިއާގެ ދުވަސްވީ މިސްކިތެއް ކަމަށްވާ ބަންގްސާ މިސްކިތް ނަމޫނާއަކަށް ބަލައިގެން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިރުޝާދުގެ ދަށުން އިމާރާތް ކުރި ރާއްޖޭގެ އެންމެ މުހިންމު އިސްލާމީ ބިނާ އެވެ.
ހާޖީދާރަށް މަރުހަބާ ދެންނެވުމަށް އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ހަފުލާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މައުމޫނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި މައުމޫން ފައުންޑޭޝަންގެ ވައިސް ޗެއާމަން އަބްދުﷲ ކަމާލުއްދީން ވެސް ބައިވެރިވެޑައިގަތެވެ.