ގެސްޓްހައުސް ވިޔަފާރިކުރާ ރަށްތަކެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަނީ

މިހާރު

22 ސެޕްޓެމްބަރު 2025 | ހޯމަ | 11:20

ލޯކަލް ޓޫރިޒަމްގައި ކުރިއަރާފައިވާ ރަށްތަކުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު އިތުރު 40 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މި އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށެވެ. އެކަމަކު އަހަރު ނިމެން ދެ މަސް ކުރިން އެކަން މިހާރު ވެސް ހާސިލު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ޑޮލަރު އޭޓީއެމް ބަހައްޓަން އެ މަނިކުފާނު ކުރިން ވައުދުވެވަޑައިގަތީ ވަރަށް މަދު ރަށްތަކެއްގައި ކަމަށް ވިޔަސް އެއީ ވަރަށް މުހިއްމު ކަމަކަށް ވާތީ އިތުރު ރަށްތަކެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަން ވަނީ ނިންމަވައިފަ އެވެ.

މައުޟޫޢުތަށް