ނުފޫޒު ގަދަ އިސްލާމީ ގައުމުތަކުގެ ލީޑަރުންނާ ޓްރަމްޕު އދ.ގައި ބައްދަލުކުރައްވަނީ

މިހާރު

22 ސެޕްޓެމްބަރު 2025 | ހޯމަ | 11:15

އދ.ގެ އާންމު މަޖިލީހުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު، ނުފޫޒު ގަދަ އިސްލާމީ ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާނެ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

އެމެރިކާގެ އެކުވެރި އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ ކާރިސާއެއް ކުރިމަތިކޮށްފައި ވާތީ އެ މައްސަލައަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމަށް ބެލެވޭ އާންމު މަޖިލިސް ކުރިއަށްދާއިރު ގަތަރު، ސައޫދީ އަރަބިއްޔާ، އިންޑޮނީޝިއާ، ތުރުކީ، ޕާކިސްތާން، މިސްރު، ޔުނައިޓެޑް އަރަބި އެމިރޭޓްސް، އަދި އުރުދުންގެ ވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވި އެވެ.

މި ގައުމުތަކާ ބައްދަލުކުރައްވާނީ ހުރިހާ ލީޑަރުން އެކީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް