ޓްރަމްޕު ގަބޫލުކުރައްވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުން ފައިދާވާނީ ހަމާސްއަށް ކަމަށް: ވައިޓް ހައުސް
މިހާރު
22 ސެޕްޓެމްބަރު 2025 | ހޯމަ | 11:38
އެމެރިކާގެ އެކުވެރި ބައެއް ގައުމުތަކުން ވެސް ފަލަސްތީނުގެ ދައުތައް ބަލައިގަތުމަށް ނިންމާފައި ވާއިރު އެއީ ފައިދާއެއް ނުކުރާނެ މަސައްކަތެއްގެ ގޮތުގައި ވައިޓް ހައުސް ބުނެފި އެވެ.
"ސާފުކޮށް ބުނާ ނަމަ، ރައީސް ގަބޫލުކުރައްވަނީ އެކަމުން ފައިދާވާނީ ހަމާސްއަށް ކަމަށް. އެހެންވެ، އަޅުގަނޑުމެންގެ އެކުވެރި ބައެއް ގައުމުތަކުން ވެސް ފަލަސްތީނުގެ ދައުލަތް އިއުލާނުކުރުމަކީ ވާހަކަ ގިނަވެ އަދި އަމަލުން ކަމެއް ނުވެ ނަތީޖާ ނުނެރެވޭ ކަމަށް ވެދާނެ،" ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވި އެވެ.
އެމެރިކާގެ އެކުވެރި އިނގިރޭސި ވިލާތުން ވެސް ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަނެ އެކަން އިއުލާނުކޮށްފަ އެވެ. އެ ގައުމުގެ އިތުރުން އޮސްޓްރޭލިއާ އާއި ކެނެޑާއިން ވެސް ވަނީ ފަލަސްތީނު ބަލައިގެންފަ އެވެ.