އަހަރުގެ މޮޅު ކްލަބްގެ އެވޯޑް ލިބުނު ރޭ ޕީއެސްޖީ ބަލިވެއްޖެ

މިހާރު

23 ސެޕްޓެމްބަރު 2025 | އަންގާރަ | 9:47

މިއަހަރުގެ ބެލޮންޑިއޯ އެވޯޑް ހަފްލާގައި އެންމެ މޮޅު ކްލަބްގެ އެވޯޑް ޕީއެސްޖީއަށް ލިބުނު ރޭ، ފްރާންސް ލީގުގައި އެ ޓީމު ކުޅުނު ވާދަވެރި ޑާބީ މެޗުގައި މާސޭ އަތުން 1-0 އިން ބަލިވެއްޖެ އެވެ.

ޕީއެސްޖީ އާއި މާސޭ އަކީ ފްރާންސް ފުޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ދެ ކްލަބެވެ. އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ފްރާންސްގެ ހަމައެކަނި ދެ ކްލަބަކީ ވެސް މާސޭ އާއި ޕީއެސްޖީ އެވެ.

މާސޭގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލު ފަސްވަނަ މިނިޓުގައި ޖަހައިދިނީ ނާއެފް އައުގާޑް އެވެ. މިއީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން މާސޭ އަމިއްލަ ދަނޑުގައި ޕީއެސްޖީ ބަލިކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ 2017 އަށް ފަހު އަމިއްލަ ދަނޑުގައި މާސޭ އިން ޕީއެސްޖީ ކޮޅަށް ލަނޑު ޖެހި ފުރަތަމަ މެޗެވެ.

މައުޟޫޢުތަށް