އދ. ގައި ރާއްޖެ ތަމްސީލްވާ ގޮތަށް ނަޝީދަށް ފާސް ލިބޭނެ އިންތިޒާމު ހަމަޖައްސައިނުދިން ކަމަށް ބުނެފި
މިހާރު
23 ސެޕްޓެމްބަރު 2025 | އަންގާރަ | 9:09
އދ. ގެ މި އަހަރުގެ އާންމު ޖަލްސާގެ ހަވާސާގައި ބާއްވާ ބައެއް ބައްދަލުވުންތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަޖިލީހަށް ވަދެވަޑައިގަތުމަށް ރާއްޖެ ތަމްސީލްވާ ގޮތަށް ފާސް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭން ރާއްޖޭގެ ފޮރިން މިނިސްޓްރީން ދެކޮޅު ހަދާފައިވާ ކަމަށް އެ މަނިކުފާނުގެ އޮފީހުން ބުނެފި އެވެ.
ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ނަޝީދުގެ އޮފީހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ސަރުކާރު ނުރުހުނަސް އެ މަނިކުފާނު ރަސްމީ ހައިސިއްޔަތުން އދ. ގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށާއި އެ ޖަމާއަތުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ހުރަހެެއް ނެތް ކަމަށެވެ.
ފާހާއި ޕްރޮޓޮކޯލްގެ އިންތިޒާމުތައް ވަނީ ހަމަޖެހިފައި ކަމަށް ނަޝީދުގެ އޮފީހުން ބުންޏެވެ. އަދި ބައެއް ބައްދަލުވުންތަކުގައި ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.