ތިމާވެށީގެ ގެއްލުމަށް ބިލިއަން ޑޮލަރު ދައްކަން ލަންކާ ކޯޓަކުން ކުރި ހުކުމަށް ދެކޮޅު ހަދައިފި

މިހާރު

24 ސެޕްޓެމްބަރު 2025 | ބުދަ | 7:16

ސްރީ ލަންކާގައި މިހާތަނަށް ކުރިމަތިވި ތިމާވެށި ތަޣައްޔަރުވުމުގެ އެންމެ ބޮޑު ހާދިސާގައި ހިމެނޭ ސިންގަޕޫރުގެ ޝިޕިން ކުންފުނިން ބަދަލުގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ދައްކަން ލަންކާގެ ކޯޓަކުން ހުކުމް ކޮށްފައި ވިޔަސް އެ ފައިސާ ނުދައްކާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

"އަޅުގަނޑުމެން މި ފައިސާ ނުދައްކާނެ ސަބަބަކީ ކަނޑުގެ ވިޔަފާރީގެ މުޅި އަސާސް ބިނާވެފައިވަނީ ޒިންމާގެ މިންވަރު ކަނޑައެޅުމުގެ މައްޗަށް ކަމަށްވާތީ،" ޝިޕިން ކުންފުނި އެކްސް-ޕްރެސް ފީޑާސްގެ ޗީފް އެގްޒެކެޓިވް ޝްމުއެލް ޔޮސްކޮވިޓްޒް ވިދާޅުވި އެވެ.

"ހުކުމާ ގުޅިގެން އެއްވެސް ފައިސާއެއް ދެއްކުމަކީ ކުރިމަގުގައި ކަނޑުމަތީގެ މިފަދަ ހާދިސާތަކާ މެދު އަމަލުކުރާނެ ގޮތް ކަނޑައެޅޭނެ ނުރައްކާތެރި މިސާލެއް ކަމުގައި ވެދާނެ،" އޭނާ އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

މައުޟޫޢުތަށް