އިސްލާމީ މަރުކަޒުގެ އާކިޓެކްޓުގެ ހިތުގައި އަދިވެސް ޖަހަނީ އެ މަސައްކަތުގެ ވިންދު
މިހާރު
23 ސެޕްޓެމްބަރު 2025 | އަންގާރަ | 1:55
ދާތޯ ހާޖީދާރު އަބްދުލްމާޖިދަކީ އޭރު ވެސް މެލޭޝިއާގައި ފާހަގަކޮށްލެވޭ އާކިޓެކްޓެކެވެ. އެ ގައުމުގެ އިސްލާމިކް ޔުނިވާސިޓީގެ މެދުގައި ހުންނަ ރީތި މިސްކިތާއި އެ ނޫން ވެސް ރީތި އެތައް ބިނާއެއް އޭނާ ކުރެއްސެވި އެވެ. އެހެންވެ 1980 ގެ އަހަރުތަކުގެ ކުރީކޮޅު، ރާއްޖޭގެ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި ފުރުސަތަކީ އޭނާ އަށް މާ ހާއްސަ ކަމަކަށް ނުވި އެވެ.
ނަމަވެސް، ރާއްޖޭގެ ފުރަތަމަ އިސްލާމީ މަރުކަޒު ފަރުމާކޮށް ކުރައްސަވައި ނިންމެވިއިރު، އޭނާގެ ހިތުން އެ ތަނަށް ހާއްސަ ޖާގައެއް އޮތީ ދެވިފަ އެވެ.
އެ މަސައްކަތް ކުރެއްވިތާ 40 އަހަރު ފަހުން، ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގައި އިއްޔެ އިސްލާމީ މަރުކަޒުގެ ހޯލުގައި އޭނާ ވާހަކަ ދެއްކެވިއިރު އެކަން ވަރަށް ބޮޑަށް ހާމަވި އެވެ. ހާޖީދާރު ވިދާޅުވީ، ދިވެހިންނަށް ވުރެ އޭނާ މިކަމުގައި ޖަޒުބާތީ ވާނެ ކަމަށެވެ.