އޮންލައިންކޮށް ކިޔެވުން މަނާކުރި ބައެއް ކޯސްތަކަށް ހުއްދަ ދޭން މަޝްވަރާކުރަނީ
މިހާރު
23 ސެޕްޓެމްބަރު 2025 | އަންގާރަ | 11:50
އީ-ލާނިން ގައިޑްލައިންގެ ދަށުން އޮންލައިންކޮށް ކިޔެވުން މަނާކޮށްފައިވާ ޓީޗިން ފަދަ ބައެއް ކޯސްތައް ރަށުގައި ތިބެގެން ކިޔެވޭނެ ގޮތް ހަމަޖެއްސުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިގޮތަށް ވިދާޅުވީ އެމަނިކުފާނު ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި މ. އަތޮޅުގެ އެންމެ ފަހު ރަށެއްގެ ގޮތުގައި އެ އަތޮޅު ކޮޅުފުއްޓަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.
ރަށުގައި ތިބެގެން އޮންލައިންކޮށް ބައެއް ކޯސްތައް ކުރިއަށް ނުގެންދެވޭތީ އެކަމުގެ ކަންބޮޑުވުން އެ ބައްދަލުވުމުގައި ބައެއް މީހުން ފާޅުކުރި އެވެ.