ޑްރަގާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ ނިކުތީ ދިމާ އިދިކޮޅަށް: އުއްތަމަ ފަނޑިޔާރު

މިހާރު

23 ސެޕްޓެމްބަރު 2025 | އަންގާރަ | 11:57

މަސްތުވާތަކެއްޗާ ދެކޮޅަށް ރާއްޖޭގައި އެންމެ ފުރަތަމަ އަޅަން ފެށި ފިޔަވަޅުތަކުގެ ނަތީޖާ ނިކުތީ ދިމާ އިދިކޮޅަށް ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ދާދި ފަހުން އަމަލުކުރަން ފެށި ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް ފަނޑިޔާރުން އަހުލުވެރިކުރުވަން އދ. މާމިގިލީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ހުރިހާ ނުރައްކާތެރި ކުށްތަކުގެ "މަންމަ" އަކީ މަސްތުވާތަކެތި ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާ ފެތުރެން ފެށުމުން އެކަމާ ދެކޮޅަށް ރާއްޖޭގައި އަޅަން ފެށި ފިޔަވަޅުތަކުގެ ނަތީޖާ ނިކުތީ އިދިކޮޅަށް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"ނަތީޖާ ލިބުނީ ހަމަ ދިމާ އިދިކޮޅަށް ކަމަށް ގަބޫލުކުރުމަށް މިއަދު އަޅުގަނޑުމެންނަށް މަޖުބޫރުވޭ. މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ރައްކާތެރިކުރުމުގެ ބޭނުމުގައި ކަމަށް ބުނެ، ސްކޫލު ކުދިންނަށް އަމާޒުކުރެވިގެން ހިންގުނު ޕްރޮގްރާމުތަކުގެ ނަތީޖާއަކީ ފަތުއަޑު ކިޔާފައި، ސްކޫލު އުމުރުފުރާގެ ދަރިވަރުންގެ މެދުގައި މަސްތުވާތަކެތި ފެތުރިގެން ދިއުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މައުޟޫޢުތަށް