ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ހެކްކުރުމުން ރިމޫވްކޮށްފި
މިހާރު
23 ސެޕްޓެމްބަރު 2025 | އަންގާރަ | 1:17
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ހެކްކޮށް ކްރިޕްޓޯ ކަރަންސީގެ ވިޔަފާރިއާ ގުޅޭ ސައްހަ ނޫން މައުލޫމާތުތަކެއް ބްރޯޑްކާސްޓްކުރުމުން ޔޫޓިއުބުން އެ ޗެނަލް ރިމޫވްކޮށްފި އެވެ.
ރައީސާއި ނައިބު ރައީސް އަދި ފަސްޓްލޭޑީ ބައިވެރިވެވަޑައިގަންނަވާ ހަރަކާތްތައް ބްރޯޑްކާސްޓްކުރާ ޔޫޓިއުބް ޗެނަލް ހެކްކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޭއްވެވި ޖަލްސާއެއް ދައްކަމުން ދަނިކޮށެވެ.
ހެކްކުރުމަށް ފަހު އެ ޗެނަލުން ދެއްކި ކޮންޓެންޓްތަކަކީ ޔޫޓިއުބްގެ ގައިޑްލައިނާ ހިލާފް އެއްޗިއްސަށް ވާތީ ޔޫޓިއުބުން އެ ޗެނަލް ވަނީ ރިމޫވްކޮށްފަ އެވެ.