ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ނުވާތީ ބައެއް ތަންތަން ބަންދުކުރަން ފަަށައިފި

މިހާރު

23 ސެޕްޓެމްބަރު 2025 | އަންގާރަ | 12:55

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް މާލެ ސަރަހައްދުގައި ފެށި އިންސްޕެކްޝަނުގެ ތެރެއިން 25 ތަނެއް ބަންދުކޮށްފި އެވެ.

ފުޑް އެންޑް ޑްރަގު އޮތޯރިޓީ އާއި މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީ ވެސް ބައިވެރިވެގެން މާލޭ ސަރަހައްދުގައި އެ އިންސްޕެކްޝަން ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް "މިހާރު" އަށް މިއަދު ވިދާޅުވީ އިއްޔެއާ ހަމައަށް 25 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސާފުތާހިރުކަން ދަށްވެގެންނާއި ހުއްދަ ނުހޯދައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް