އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ކެފޭ، ރެސްޓޯރަންޓުތަކުން މި ޕްލޭން ނެގުން މުހިންމު
މިހާރު
23 ސެޕްޓެމްބަރު 2025 | އަންގާރަ | 1:27
ކޮންމެ ވިޔަފާރިއަކީ ވެސް ފޮނި އުއްމީދުތަކަކާ އެކު ކުރާ ބޮޑު އިންވެސްމަންޓެކެވެ. އެއީ ބޮޑު ހޭދައެއް ކޮށް، ގިނަ ޒިންމާތަކަކާ އެކު ފަށާ ދަތުރެކެވެ. ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން މިފަދަ ބޮޑު ހޭދައެއްކޮށް ފަށާ އެއް ވިޔަފާރި އަކީ ކެފޭ، ރެސްޓޯރަންޓު ވިޔަފާރި އެވެ. ތަނުގެ ލޮކޭޝަނުން ފެށިގެން، ތަނުގެ ޑިޒައިނާއި މެނޫ ހެދުމަށް ވެސް ބޮޑެތި ޚަރުދުތަކެއް ކުރެ އެވެ. ތަނުގެ ކޮންސެޕްޓު ޑިވަލޮޕް ކުރުމާއި ކޮމާޝަލް ގްރޭޑުގެ ބަދިގެ އިކުއިޕްމަންޓާއި އެކި މެޝިނަރީތަކަކީ ވެސް ބޮޑެތި ހޭދަތަކެއް ކުރަން ޖެހޭ ތަކެއްޗެވެ.
ތަނުގެ ކޮންސެޕްޓު ޑިވަލޮޕްކުރުމުން ފެށިގެން، އެ ކޮންސެޕްޓު އަސްލަކަށް ހަދާ، ތަން ހުޅުވައި ވިޔަފާރި ފަށާ، ވިޔަފާރި ފުޅާކުރުމަށް ހާހުން، ލައްކައިން ހޭދަކުރަން ޖެހެއެވެ. މިފަދަ އަގުހުރި ބޮޑު އިންވެސްޓްމަންޓަކަށް ތަކާފުލްއަކީ ވަރަށް މުހިންމު އެއްޗެކެވެ. ކުއްލި ހާދިސާއަކުން މާލީ އަނދަވަޅަކަށް ނުވެއްޓި، ވިޔަފާރިއަށް ރައްކާތެރިކަން ލިބިގެންދާނީ އޭރުންނެވެ. މިފަދަ ވިޔަފާރިތަކަށް ބޭނުންވާ ކަވަރޭޖް އެލައިޑް ތަކާފުލްއިން ފޯރުކޮށްދެ އެވެ.
އެލައިޑް ތަކާފުލްއިން ކެފޭ، ރެސްޓޯރަންޓުތަކަށްޚާއްސަކޮށްފައިވާ "ފަޔާ އެންޑް އެޑިޝަނަލް ޕެރިލް" ޕްލޭނުން އަލިފާނުގެ ހާދިސާއަކުން ތަނަށާއި ފަރުނީޗަރާއި އިކުއިޕްމަންޓަށް ލިބޭ ގެއްލުމުގެ ބަދަލު ދެއެވެ. މި ޕްލޭނަކީ އަލިފާނުގެ ހާދިސާއެއްގެ އިތުރުން ބަޔަކު ގަސްތުގައި ދޭ ގެއްލުމާއި، ގޭސްފުޅިއެއް ގޮވައިގެން ލިބޭގެއްލުމާއި، ފެން ހޮޅިއެއް ފަޅައިގެން ނުވަތަ ހަލާކުވެގެން ލިބޭ ގެއްލުމާއި ފެން ބޮޑުވުމާއި، ބިންހެލުން ފަދަ ގުދުރަތީ ކާރިސާތަކާއި އެކި ކަހަލަ އެކްސިޑެންޓުތަކުން ތަނާއި ތަނުގެ ތަކެއްޗަށް ލިބޭ ގެއްލުން ވެސް ބަދަލު ފޯރުކޮށްދޭ ޕްލޭނެކެވެ.